އަވަށްޓެރި ސްރީލަންކާއަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ތަފާތު ގޮތްތައް އިންޑިއާއިން ބަލަމުންދާކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
އިކޮނޮމިކް ޓައިމްސްއިން އިންޑިޔާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ތަފާތު ގޮތްގޮތުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އިންޑިއާއިން ބަލަމުން ދާކަމަށެވެ. މިއާއެކު އިންޑިއާއިން ލަންކާއަށް ފޯރުކޮށްދޭން މިހާރު ތައްޔާރުވެފައިވަނީ އިކޮނޮމިކް ޕެކޭޖެކެވެ.
މި ޕެކޭޖުގެ ދަށުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ކާނާއާއި ސިއްހީ ރައްކާތެރިކަމާއި، ހަކައިތައިގެ އެހީ އާއި ކަރަންސީ ސްވެޕް ހިމެނޭކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.
އިންޑިއާއިން ލަންކާއަށް މާލީ އެހީތެރިކަން މިފޯރުކޮށްދެނީ ދާދިފަހުން ސްރީލަންކާގެ ފިނޭންސް މިނިސްޓަރ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ. އެގޮތުން އިންޑިއާއިން ލަންކާއަށް ދޫކޮށްފައިވާ ކްރެޑިޓް ލައިން އިތުރުކޮށްދިނުމަށް ލަންކާއިން ވަނީ އެދިފައެވެ.
ލަންކާއަށް މިވަގުތު ވަނީ މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން ބޭރުގެ ދަރަނި ބޮޑުވެ ފޮރިން އެކްސްޗޭންޖް ރިޒަރވް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.
ކޮވިޑް-19 އާއެކު ސްރީލަންކާގެ ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފެށުމަށް މަސައްކަތް ކުރަމުންދާއިރު ބޭރު ފައިސާ ގައުމަށް ވަންނަ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވާނެކަމަށް އެގައުމުގެ ސަރުކާރުން ދަނީ އުންމީދުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު