ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަލް މަރްހޫމް ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައި އަވަހާރަވި މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެން ފޮނުއްވި މެސެޖެއްގައެވެ. ހުސައިން އަވަހާރަވިއިރު އޭނާ ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.



ރައީސް ނަޝީދުގެ ތައުޒިޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ ހުސައިނަކީ ދިވެހިރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީ ގެނައުމުގައި މުހިންމު އަދި ބޮޑު ދައުރެއް އަދާކުރެއްވި ޕާޓީއަށް އިޚްލާސްތެރި ބައިވެރިއެއްކަމަށެވެ.

އެގޮތުން ހުސެއިންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ރައީސް ނަޝީދު ވިދާޅުވީ ހުސެއިނަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން