އޮޔާދިޔަ ޓަގްބޯޓު
އޮޔާދިޔަ ޓަގްބޯޓު
ޓަގު ބޯޓެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދަނިކޮށް ސަލާމަތްކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް ޑިސެންބަރު 13 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދިޔަ "ނީލް" ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ޙަރަކާތްތެރި ވެފައިވާ ކަމަށެވެ.

އެގޮތުން ބ.ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މެއިލް ބޭރުން ދަތުރުކުރަމުން ދިޔަ މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު އެމްއާރްސީސީއަށް ލިބިފައިވަނީ ރޭގެ 21:38 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހާދިސާގެ ރިޕޯރޓް ލިބުނު ހިސާބުން ޓަކުގެ ވެރިފަރާތާއިއެކު ދިޔައީ މުޢާމަލާތް ކުރަމުން ކަމަށެވެ. އެގޮތުން 05 މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން ކުރި މަސައްކަތުން ޓަގު ބޯޓު ފެނިފައިވަނީ މިއަދު (14 ޑިސެންބަރު) 11:46 ހާއިރު ބ.ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނމ ބޭރުންނެވެ.

މި ޓަގު ބޯޓު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯނިއަރ ވެސް ވައިގެ މަގުން ވަނީ ހަރަކާތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން