ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއިން ބުނާގޮތުން ޢުމަރު ޒާހިރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މީގެ ހަތަރުވަރަކަށް ދުވަސްކުރިންނެވެ. އެގޮތުން އުމަރުޒާހިރުގެ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންނެވި ފަހުން އުޅުއްވީ އާލާސްކަންފުޅާކަމަށް އުމަރު ޒާހިރުގެ އާއިލާއިން މައުލޫމާތުދީފައި ވެއެވެ.
ޢުމަރު ޒާހިރުގެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި އެމަނިކުފާނުގެ ޙާލުކޮޅު މިއަދު އިތުރަށް ސީރިއަސްވުމުން، މިވަގުތު ފަރުވާ ހޯއްދަވަމުންގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އޮކްސިޖަން ގުޅައިގެންނެވެ.
ޢުމުރުފުޅުން 85 އަހަރުފުޅުގެ ޢުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަޤާމެއް ފުރުއްވާފައިވާ، އަދި ދިވެހި ދައުލަތަށް ވަަރަށް ޚިދުމަތްތެރި އިޚްލާސްތެރި ޚިދުމަތްތަކެއް 1953 އިން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.
އުމަރު ޒާހިރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު