ސިއްހީ ދާއިރާގެ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ހެލްތު މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެދު ސޮއިކުރި މި އެމްއޯޔޫގައި، ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
މި އެމްއޯޔޫގެ ސަބަބުން ފެނަކައިގެ އައިޓީ ޓީމުން ސިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރގެ އޮޑިޓެއް ހަދާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން، މި އޮޑިޓްގެ ޒަރިއްޔާއިން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއާއެކު، މި މަޝްރޫއުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދެމުން ގެންދާ ޚިދުމަތްތަކާއި، ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހައިން ޑޭޝްބޯޑް ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މިނިސްޓްރީ އޮފް ހެލްތަށް ދުވަހުން ދުވަހަށް ލިބިގެންދާނެ ނިޒާމެއް މަގު ފަހިވެގެންދާނެއެވެ.
އަދި މި މަސައްކަތުގެ ސަބަބުން ހެލްތު މިނިސްޓްރީގެ އެއް އަމާޒު ކަމަށްވާ ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮމޭޝަން ސިސްޓަމާ ގުޅާލުމަށް މަގުފާހިވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު