އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ދީފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކުރުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް މައްސަލަވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
މިއަދު 11 ޖެހިއިރު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ ފަސް ދުވަހުގެ ތެރޭގައި އޭސީސީގެ މެންބަރުން ލިޔުމުން ކޮމިޓީއަށް ޖަވާބުދާރީވުމަށެވެ. ވިސާމްގެ އެ ހުށަހެޅުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤު ތާއީދު ކުރެއްވިއެވެ. އަދި ފަސް މެންބަރުންގެ ވޯޓުން ނިންމާފައިވަނީ މިހާރު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވި 3 ބޭފުޅުންނަށްވެސް ޖަވާބުދާރީވެ ވަޑައިގަތުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް އާއި މެންބަރު މުޙައްމަދު ޝަކީލް ވަނީ ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު