ކުޑަކުދިންގެ ހިޔާ މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފިއެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނޯޓިސް ދިނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެ މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ މުވައްޒަފުން ބޭނުންނުވާތީކަމަށް ޖެންޑަރ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.
މުވައްޒަފުން ވަކިކުރަން ދީފައިވާ ނޯޓިސް މިހާރު ބާތިލްކޮށްފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނާ ޙަވާލާދީ ރާއްޖޭގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މުވައްޒަފުންނަށް ނޯޓިސްދިން މައްސަލާގައި މުވައްޒަފުންވަނީ ދަޢުލަތުގެ އިސްވެރިންނާވެސް ބައްދަލު ކޮށްފައެވެ.
މުވައްޒަފުން ވަކިކުރި މައްސަލާގައި ޖެންޑަރގެ އޮފިޝަލު ވިދާޅުވީ ހިޔާގައި މަސައްކަތްކުރި 71 މުވައްޒަފަކަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ނޯޓިސް ދީފައިވާކަމަށާއި އަދި ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން 43 މުވައްޒަފަކަށް ވަޒީފާ ހަމަޖައްސައިދީފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރި 21 މުވައްޒަފުން، ވަޒީފާއިން ވަކިކުރަން ނިންމީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުންކަމަށްވެސް ޖެންޑާއިން ބުނެއެވެ.
ހިޔާގައި މަސައްކަތްކުރި 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ހިޔާގެ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ކުޑަކުދިންގެ ހިޔާ ބަލަހައްޓާ ޖެންޑާއިން ބުނެފައިވަނީ ހިޔާގައި ތިބެނީ އެކި އުމުފުރައިގެ އެކި ހާލަތްތައް ތަހައްމަލު ކުރަން ޖެހިފައިވާ ކުދިން ކަމަށްވާތީ އެފަދަ މައްސަލަތައް އެކުދިންގެ ފަރާތުން ފެނުމަކީ އާންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު