މިދިޔަ ނޮވެމްބަރ މަހު ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްގެން 29 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ހާމކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީން ޢާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލަ ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ހާނިއްކައިގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ މަހު އެ މިނިސްޓްރީ އަށް 184 މައްސަލަ ހުށައަޅާފައިވެއެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 21 މައްސަލަ އަކާއި، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ އާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ ވަނީ ހުށައަޅާފައެވެ. ހަމައެއާއެކު ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ ގޮތުގައި 17 މައްސަލައެއް ހުށައަޅާފައިވެއެވެ.
ނޮވެމްބަރުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި 208 ކުދިން ތިބިއިރު ޙައްޤުތަކުން ކުދިން މަޙްރޫމް ކުރުމުގެ 5 މައްސަލައެއްވެސް މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު