މުޅި ދުނިޔެ ކޮވިޑް-19ގެ ބަލިމިޑުކަމާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި، އެއްބައިވަންތަކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށ ފާހަގަ ކުރަށްވައި ކޮވިޑާދެކޮޅަށް ހަނގުރާމަ ކުރުމުގައި އެއްބައިވަންތަކަން އިސްކުރުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިލްތިމާސް ކުރަށްވައިފި އެވެ.
ޑިސްމަބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ބައިނަލްއަޤްވާމީ އިންސާނީ އެއްބައިވަންތަކަމުގެ ދުވަހެވެ. މިދުވަހާއި ގުޅިގެން ޝާހިދު ވިދާޅުވީ އިންސާނީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރާއިރު، މުޅި ދުނިޔެ ދަނީ ކޮވިޑް-19އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންކަމަށެވެ. އަދި މި ވަގުތަކީ އައު ވޭރިއަންޓާއި އެކު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ވަގުތެއް ކަމަށްވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ޝާހިދު ވިދާޅުވީ މި ބައްޔާއި ގުޅިގެން މިހާރު ދުނިޔެ އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި، މިކަމުން އަރައިގަތުމަށް އެންމެން އެއްބައިވަންތަކަން އިސްކޮށް، އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ދުނިޔޭގެ އިންސާނީ އެއްބައިވަންތަކަމުގެ ދުވަހަކީ 2005 ވަނަ އަހަރު އދގެ އާންމު މަޖިލީހުގެ ގަރާރެއްގެ ދަށުން ފާހަގަކުރަން ފެށި ދުވަހެކެވެ.
މި ގަރާރުގެ ދަށުން އދއިން ވަނީ، 21 ވަނަ ގަރުނުގައި، އެކި މީހުންނާއި މުޖުތަމައުތަކުގައި ދިރިއުޅޭ އިންސާނުންގެ މެދުގައި ގިނަ ތަފާތުތަކެއް ހުރި ނަމަވެސް، އެއްބައިވަންތަކަމަކީ އެންމެންގެ މެދުގައި ގާއިމުވެފައި އޮންނަންޖެހޭނެ އާލަމީ އަސާސެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އެއްބައިވަންތަކަން އިސްކުރުމަށް ޝާހިދު ގޮވާލައްވާފައިވާއިރު، މީގެކުރިން ޝާހިދު ވިދާޅުވީ، ކޮވިޑް-19އިން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ ކަމަށާއި، އެންމެންނަށް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކަށް މިކަމުން އަރައިނުގަނެވޭނެކަމަށެވެ.
އަދި ޝާހިދު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމުތަކުން މަޝްވަރާކޮށް، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިފަދައިން ގައުމުތަކުން މަސައްކަތް ކޮށްފިނަމަ ލަނޑުދަނޑި ހާސިލްކުރަން މާ ގިނަ ދުވަހެއް ނުނަގާނެކަމަށެވެ.

Today we recognize #HumanSolidarityDay.
— Abdulla Shahid (@abdulla_shahid) December 20, 2021
We do so as the world grapples with another rise in #COVID19 cases. Another period of uncertainty.
Now, more than ever is when we need solidarity. Now more than ever is when we need to be compassionate and united.#PresidencyOfHope pic.twitter.com/MGr9cQM48P
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ދުނިޔޭގެ އިންސާނީ އެއްބައިވަންތަކަމުގެ ދުވަހަކީ 2005 ވަނަ އަހަރު އދގެ އާންމު މަޖިލީހުގެ ގަރާރެއްގެ ދަށުން ފާހަގަކުރަން ފެށި ދުވަހެކެވެ.
މި ގަރާރުގެ ދަށުން އދއިން ވަނީ، 21 ވަނަ ގަރުނުގައި، އެކި މީހުންނާއި މުޖުތަމައުތަކުގައި ދިރިއުޅޭ އިންސާނުންގެ މެދުގައި ގިނަ ތަފާތުތަކެއް ހުރި ނަމަވެސް، އެއްބައިވަންތަކަމަކީ އެންމެންގެ މެދުގައި ގާއިމުވެފައި އޮންނަންޖެހޭނެ އާލަމީ އަސާސެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އެއްބައިވަންތަކަން އިސްކުރުމަށް ޝާހިދު ގޮވާލައްވާފައިވާއިރު، މީގެކުރިން ޝާހިދު ވިދާޅުވީ، ކޮވިޑް-19އިން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ ކަމަށާއި، އެންމެންނަށް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކަށް މިކަމުން އަރައިނުގަނެވޭނެކަމަށެވެ.
އަދި ޝާހިދު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމުތަކުން މަޝްވަރާކޮށް، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިފަދައިން ގައުމުތަކުން މަސައްކަތް ކޮށްފިނަމަ ލަނޑުދަނޑި ހާސިލްކުރަން މާ ގިނަ ދުވަހެއް ނުނަގާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު