ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފިއެވެ.

މިދިޔަ ހޯމަދުވަހު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ބަދަލުކުރި ބަހުގެ ހަމަލާތަކެއްގައި މޮސްޓާ ވަނީ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ މަންމައަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވައި އަވަގުރާނަ ގޮވާފައެވެ. އެކަމާ ގުޅިގެން މެންބަރުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވަނިކޮށް މެންބަރު މޮސްޓާ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައިވަނީ އިއްޔެއެވެ.

އިއްޔެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މަޖިލީހުގެ ސެކްރެޓޭރިއަޓުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ގްރޫޕަކީ އިދާރީގޮތުން މެމްބަރުންނަށް އަންގާ އެންގުންތަކަށް ޚާއްސަ ގްރޫޕެއް ކަމަށެވެ. ނަމަވެސް ގްރޫޕްގެ މަޤްސަދާ ޚިލާފަށް ޢަމަލުކުރާ މެންބަރުން ގްރޫޕުން ރިމޫވްކުރުމަކީ އެންމެ މަސްލަޙަތު ރަނގަޅުގޮތްކަމަށް ފެންނާތީ މެންބަރު މޮސްޓާ އެގްރޫޕުން ރިމޫވްކުރާ ކަމަށް މަޖިލީހުގެ ސެކްރެޓޭރިއަޓުން ވަނީ ބުނެފައެވެ.

އެ މެސެޖަށް ފަހު މެންބަރު މޮޮސްޓާ ވަނީ ގްރޫޕުން ބޭރުކޮށްލާފަ އެވެ. އަދި މެންބަރު މޮސްޓާއަށް އަންގަންޖެހޭ އެންގުންތައް ވަކިން އަންގަވާނެ ކަމަށް ސެކްރެޓޭރިއަޓުން ވަނީ ގްރޫޕްގައި ބުނެފައެވެ.

ބޭއަދަބީ ބަހުން މޮސްޓާ ވާހަކަ ދެއްކެވީ މަޖިލީހުގެ މެމްބަރުންނަށް ހަދާފައިވާ "ޕީޕަލް މަޖިލީސް" ގްރޫޕުގައެވެ. އެ ގްރޫޕުގައި މޮސްޓާ ވާހަކަ ދެއްކެވި ސްކްރީން ޝޮޓްތަކެއް ދަނީ ދައުުރުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން