ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ޔަޤީންކޮށް ދެއްވައިފިއެވެ.
ކ. މާފުށީ ރައްޔިތުންނަށް ސަރުކާރުން ހިއްކައިދިން ޕިކްނިކް އައިލެންޑާއި މާފުއްޓަށް އިތުރުކޮށްދިން ބިން އެރަށު ކައުންސިލާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެމަނިކުފާނުގެ މިނިސްޓްރީން އެކަނިވެސް 373 މަޝްރޫޢުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދާ ކަމަށެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރުން ބަނދަރު ހެދުމުގެ 60 މަޝްރޫއަކާއި ބިން ހިއްކުމުގެ 18 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 28 މަޝްރޫއެއް ކުރިއަށް ގެންދާކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ބާކީހުރި ހުރިހާ ރަށެއްގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިއަދު ވިދާޅުވީ ސަރުކާރުގެ ސްޕީޑަށް ބަލާއިރު މިހާތަނަށް ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މި ފަސްއަހަރުގެ އިތުރަށްވެސް ވެރިކަމުގައި ހުންނަވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ތަރައްގީ ވެފައި އޮތް ގައުމަކަށް ހެދުމާ ދިމާލަށް މިސްރާބު ޖެހުމަށްޓަކައި އިތުރު ދައުރެއްގައި އެ މަނިކުފާނު ވެރިކަމުގައި ހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މި މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެންގެ ޓްރެކް ރެކޯޑަށް ބަލާފައި އަޅުގަނޑަށް ޔަޤީން ރައީސް ހުންނަވާނެ. ތަރައްޤީވެފައިވާ ޤައުމަކާ ކައިރިވާ ހިސާބަށް ގެންދިއުމަށް މަނިކުފާނު އިރާދަކުރެއްވިއްޔާ މި ފަސްއަހަރަށްވުރެ އިތުރަށް އަދި ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ." އަސްލަމް މިއަދު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިހާތަނަށް 1.86 ބިލިއަން ރުފިޔާގެ މަޝްރޫއު މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި 16.2 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ވެސް ހިންގަމުންދާ ކަން ފާހަގަކުރަށްވައި އަސްލަމް ވިދާޅުވީ މި ސަރުކާރުން 18 ބިލިއަން ރުފިޔާގެ މަސައްކަތް މިދައުރުގެ ތެރޭގައި ކޮށްނިންމާނެ ކަމަށެވެ.
ނަމަވެސް ކުރަންހުރި މަސައްކަތް ބައިވަރު ކަމަށާއި ރާއްޖެ އަކީ ތަރައްޤީވަމުން އަންނަ ޤައުމެއް ކަމަށްވާތީ 18 ބިލިއަން ރުފިޔާއިން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްކޮށް ނުނިމޭނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު