ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި އަންނަމަހު 7 ވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވެން ޔީ ރާއްޖެ ވަޑައިގަންނަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށެވެ. މިނިސްޓަރ ޝާހިދު ވަނީ މިއަހަރުގެ ނޮވެމްބަރު މަހު ޗައިނާއަށް ޒިޔާރަތް ކުރައްވާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީގެ މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު މިދަތުރުފުޅުގައި ރާއްޖެއާ ޗައިނާއާއި ދެމެދު ރަސްމީ ވާހަކަތައްވެސް ބާއްވާނެއެވެ.
މީގެ އިތުރުން، ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުންވެސް މި ދަތުރުގައި ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު