އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ހުރި އިންޖީނުގެތަކުގެ ތެރެއިން 99 އިންސައްތަ އިންޖީނުގެ މީހުންއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރުމުގެ އަމާޒަށް ވާސިލު ވެވިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ މ. ރަތްމަންދޫގެ އާ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. މ. ރަތްމަންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އެޅުއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަދި ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާއިލް ނާހިދެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވެ ވަޑައިގެންނެވި ވައުދު، ރަތްމަންދޫ އިންޖީނުގޭގެ ބިންގަލާއެކު 99 އިންސައްތަ ހާސިލް ކުރެވިފައިވާކަމަށެވެ.
އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކައިން ހިންގައެވެ. ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި އެހިދުމަތް ގާއިމްކުރުމުގެ މަސައްކަތް އިއްޔެ ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް ނިންމާފައިވާއިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލު ކޮށްފައިވަނީވެސް ފެނަކަ ކޯޕަރޭޝަނާއެވެ.
ރައީސް ޞާލިޙްގެ މި ދައުރުގައި ފެނަކައިން ގެންދަނީ 200 އަށް ވުރެ ގިނަ މަޝްރޫއު ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު