ކ. ގުޅިފަޅު ސަރަޙައްދު
ކ. ގުޅިފަޅު ސަރަޙައްދު
ބޯވަ ނަގަން އުޅެނިކޮށް ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން ބުނެފައިވަނީ މިއަދު ހެނދުނު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ގޮސްގެން އުޅެނިކޮށް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ކޯސްޓްގާޑުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ހދ. ކުމުންދޫ އަރާއިރުގޭ ޝްރޭހް ހަސަން ނަމަކަށްކިޔާ 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް މީނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށެވެ.

އެމްއެންޑީއެފުން ބުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ޝްރޭޙް ގެއްލުނުކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 8:58 ހާއިރު ކަމަށެވެ. އޭނާ މޫދަށް ފޭބިއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށާއި އަދި ނޫކުލައިގެ މާސްކެއް އަޅާފައި ހުރިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން