ޓީޖެޓީ އާ ޙަވާލުވުމަށް ކައުންސިލަރުން ޓީޖެޓީ ސަރަޙައްދުގައި
ޓީޖެޓީ އާ ޙަވާލުވުމަށް ކައުންސިލަރުން ޓީޖެޓީ ސަރަޙައްދުގައި
ޓީޖެޓީ މައްސަލަ ސިޓީކައުންސިލުން ކޯޓަށް ހުށައަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލުން ހިންގާ މާލޭގެ ޓީޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު މާލޭ ސިޓީގެ ކައުންސިލަރުން ވަނީ ޓީޖެޓީއާ ހަވާލުވުމަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. ކައުންސިލަރުން ޓީޖެޓީ ސަރަހައްދަށް ވަޑައިގަތީ އެތަން ހަވާލު ކުރުމަށް އެމްޕީއެލަށް ދިން 90 ދުވަހުގެ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހަށް ހަމަވުމުން އޭގެ ފަހުން އިތުރުކުރި ހަތް ދުވަސް ވެސް ހަމަވުމުންނެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިހާރު އެތަން އަތުލުމުގައި އިސްކޮށް ހުންނެވި ޑރ. މުއިއްޒު ހުންނަވައިގެންނެވެ.

ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ހަތަރު ފަހަރަކު ދެންނެވި ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި އެމްޕީއެލުން ބުނެފައިވަނީ ސަރުކާރާއެކު އެކުންފުނިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން