ޝްރޭޙު ގެއްލުނު ސަރަޙައްދު
ޝްރޭޙު ގެއްލުނު ސަރަޙައްދު
ބޯވަ ނަގަން އުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ އަރާއިރުގޭ ޝްރޭހް ހަސަން ހޯދުމަށް 69.3 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިހާތަނަށް ޝްރޭހު ހޯދުމަށް ބޮލިފުށި، ގުޅިފަޅު އަދި ވިލިނގިލި ހުޅަނގު ކަނުން ފެށިގެން ގޮސް ގިރާވަރުގެ އުތުރު ކަނާ ހިސާބަށް ގިރާވަރު ކަނޑުގެ 69.3 ސްކުއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށެވެ.

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ގޮސްގެން އުޅެނިކޮށް ގެއްލިފައިވާ ހދ. ކުމުންދޫ އަރާއިރުގޭ 21 އަހަރުގެ ޝްރޭހް ހަސަން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހާބާ ކްރާފްޓް ލޯންޗަކާއި އަދި ފާސްޓް އިންޓަސެޕްޓަ ކްރާފްޓެއް ދަނީ ޙަރަކާތްތެރިވަމުންނެވެ.

އިތުރު ދެ ރަޙުމަތްތެރިއަކާއެކު ބޯވަން ނަގަން ދިޔަ ޝްރޭޙު ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށެވެ.

އެމްއެންޑީއެފުން ބުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ޝްރޭޙް ގެއްލުނުކަމުގެ މައުލޫމާތު ލިބިފައިވަނީ 31 ޑިސެންބަރުގެ ހެނދުނު 8:58 ހާއިރު ކަމަށެވެ. އޭނާ މޫދަށް ފޭބިއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށާއި އަދި ނޫކުލައިގެ މާސްކެއް އަޅާފައި ހުރިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން