ޓެލެގްރާމް ގްރޫޕެއްގައި މަސްތުވާތަކެތި ވިއްކާ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ދާދިފަހުން ޓެލެގްރާމް ގްރޫޕެއްގައި ފޮޓޯއާއެކު އިޝްތިހާރުކޮށްގެން މަސްތުވާތަކެތި ވިއްކަމުން ދިޔަ މައްސަލައެއް މީސްމީޑިއާގައި ވަނީ ފެންމަތި ކޮށްފައެވެ. އެގޮތުން ޕެކޭޖް ވިއްކާ އަގުތަކާއެކު މަސްތުވާތަކެތީގެ ފޮޓޯވެސް އެ ގްރޫޕަށް އަޕްލޯޑް ކޮށްފައިވެއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ޓެލެގްރާމް ގުރޫޕެއްގައި މަސްތުވާތަކެތީގެ ބާވަތްތަކެއް ވިއްކަން އިޝްތިހާރު ކުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށްއައިސް ރާއްޖެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ މަސައްކަތުން ދަނީ އަތުލައި ގަންނަމުންނެވެ. ނަމަވެސް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ ނެޓްވޯކްތަކުގެ ވެރިން ޝަރުޢީ މަރުޙަލާގައި ސަލާމަތްވާކަމުގެ ކަންބޮޑުވުން ޢާއްމުން ދަނީ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު