ދަޢުލަތުގެ ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު
ދަޢުލަތުގެ ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު
މިދިޔަ އަހަރު ދަޢުލަތުގެ މުއައްސަސާތަކަށް 983 މައްސަލާގައި ޤާނޫނީ ލަފާ ދީފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކޮށްފިއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުން 2021 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު ދައްކާގޮތުން ދައުލަތުގެ މުއައްސަސާތަކުން ޤާނޫނީ ލަފައަށް އެދި ފޮނުވާފައިވާ 960 މައްސަލައިގެ ތެރެއިން 921 މައްސަލައަކަށް ވަނީ ލަފާ ދީފައެވެ. އެއީ މިދިޔައަހަރު ހުށައެޅުނު މައްސަލަތަކުގެ 96 އިންސައްތައެވެ.

އޭޖީ އޮފީހުން ބުނީ 2020 ވަނަ އަހަރު ނިމުނުއިރު ލަފާ ނުދެވިހުރި ކަންކަމާއި އެ އޮފީހުގެ އިސްނެގުމުގައި އެކުލަވާލައި ފޮނުވި ގަވާއިދެއް ހިމެނޭގޮތުން، މުޅި ޖުމްލަ 983 މައްސަލައަކަށް 2021 ވަނަ އަހަރު ޤާނޫނީ ލަފާ ދީފައިވާ ކަމަށެވެ.

2021ގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން 278 ލަފާ ދީފައިވާއިރު ގަވާއިދުތަކާ ގުޅޭ ގޮތުން 180 ލަފާ ވަނީ ދީފައެވެ. އަދި ބިލު ތަޞްދީގު ކުރުމާ ގުޅޭ ގޮތުން 33 ލަފާވަނީ ދީފައެވެ.

އޭޖީ އޮފީހުން ބުނީ މިދިޔަ އަހަރު އެންމެ ގިނައިން ޤާނޫނީ ލަފާ ދިނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ. އެމިނިސްޓްރީއަށް 231 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާދީފައެވެ. އޭގެ އިތުރުން ފޮރިން މިނިސްޓްރީއަށް 104 މައްސަލައެއްގައި ޤާނޫނީ ލަފާ ދީފައިވާއިރު ހެލްތު މިނިސްޓްރީން އެދުނު 65 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން