"އަލަމާ-05" ދޯނި އަޑިއަށް ގޮސް 3 މީހަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ވ. ފުއްސަރު ކައިރިން "އަލަމާ-05" ނަމަކަށް ކިޔާދޯންޏެއް، އަޑިއަށްދާ ކަމުގެ މަޢުލޫމާތު ރޭ 23:22 ގައި ކޯސްޓްގާޑަށް ލިބުމާ ގުޅިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ދޯނި ދަތުރުކުރަމުން ދިޔައީ ފ.ފީއަލި ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށާއި ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ދޯނި ދިޔަވެ އަޑިއަށް ދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނިން ދަތުރުކުރީ ތިން މީހުން ކަމަށެވެ.
މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު