ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ އައިސްފޮއްޓެއް
ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ އައިސްފޮއްޓެއް
ގެއްލުނު ދޯނީގެ ބައެއް ސާމާނުތައް އޮޔާދަނިކޮށް ފެނިފައިވާ ކަމަށާއި އެހެންކަމުން ދަތުރުކުރަށްވާ ފަރާތްތަކުން އެކަމަށް ސަމާލުވާން އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން މިއަދު ބުނީ 3 މީހުންނާއެކު ވ. ފުއްސަރު ކައިރިން ދަތުރުކުރަމުންދިޔަ "އަލަމާ-05" ނަމަކަށް ކިޔާ ދޯނި، އަޑިއަށްދާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުނީ ރޭ 23:22 ގައި ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



އެ ދޯނި ދަތުރުކުރަމުން ދިޔައީ ފ.ފީއަލި ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށާއި ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ދޯނި ދިޔަވެ އަޑިއަށް ދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން