ޒަހީނުއްދީން ސަޢީދު   5 ޖެނުއަރީ 2022 - 5:4
ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ދެމީހުން
ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ދެމީހުން
ފ. ފީއަލިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ފެނިއްޖެއެވެ.

ދޯނި އަޑިއަށް ގޮސް ގެއްލުނު ތިން މީހުންގެ ތެރެއިން 2 މީހުން ހަންތަކެއްގައި އައްސައިގެން ކަނޑުމަތީގައި ތިއްބާ މިހާރު ވަނީ ސަލާމަތްކޮށްފައެެވެ. ކަނޑުމަތީގައި ސަލާމަތުން ތިއްބާ ފެނުނީ ބަންގްލަދޭޝްގެ މީހެއްގެ ކަމަށްވާ އަސަދުލް އިސްލާމް، 37، އާއި ބަންގްލާދޭޝް އެހެން މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެހެން ނަމަވެސް ދޯނިން ދެން ގެއްލުނު އާދަމް ޝަފީގް، 32، އަދިވެސް ފެނިފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.

ފުލުހުން މިރޭ ވަނީ އަލަމާ 5 ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައުލޫމާތު ހާމަކޮށްފައެވެ. ފުލުހުން ބުނީ ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) ކަމަށެވެ. ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ "އަލަމާ 5" ދޯނި އަޑިއަށް ދިޔައީ ވ. އަތޮޅު ފުއްސަރު ފަޅާ ދިމާއިން ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެންނެވެ. ގެއްލުނު ދޯނިން ކަނޑަށް ދޫވެފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް އޮޔާދާ ކަަމަށްވެސް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން