އަދުގެ ސަރުކާރު އޮތީ ދޮންބަންޑާރައިން ދެއްކި ހިކުމަތްތެރިކަމުގައި ސާބިތުވެ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރީ ސަނަތުން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 18 އޭޕްރީލް 1980 ވަނަ ދުވަހެވެ.
ހުރަވީދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވީ ފަޚުރުވެރި ހުރަވީ ދުވަހު، އަޅުގަނޑުމެންގެ އަޒުމަކަށްވާންވީ، މިނިވަންކަމާއި ކުރިމަގަށް މަސައްކަތްކުރުމުގައި ދޮންބަންޑާރައިންގެ ޖިހާދާއި ހިތްވަރާއި ޙިކުމަތްތެރިކަމުގައި ސާބިތުވެ ތިބުން ކަމަށެވެ.
އަދި "މިއަދުގެ ސަރުކާރު އެ ސާބިތުކަންމަތީ އޮތުމުން އުފާކޮށް، ދުވަހުގެ ތަހުނިޔާ އަރިސްކުރާ" ކަމަށް ޝާހިދު ވިދާޅުވިއެވެ.
ދޮންބަންޑާރައިންނަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު، ނޣޢވ، އަބްދުﷲ ޝާހިދުގެ ހަތްވަނަ ކާފާފުޅެވެ.
1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން، ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.
ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު، ދޮންބަންޑާރައިންނާއި އޭނާގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބަޢުވީ މީހުންގެ ތެރެއިން ހިތްވަރުގަަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.
މިދުވަހަށް ހުރަވީ ދުވަސް ކިޔަނީި އެމަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިޞްބަތްވާ ބޭފުޅަކަށްވާތީއެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ދޮންބަންޑާރައިންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަންކުރެއްވީ 7 އަހަރު ދުވަހު އެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. މީލާދީ ގޮތުން އެއީ 1759 ން 1767 އަށެވެ.
އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން އަވަހާރަވީ 2 ރަމަޟާން 1180، 1 ފެބްރުވަރީ 1767 ގައެވެ.

ފަޚުރުވެރި ހުރަވީ ދުވަހު، އަޅުގަނޑުމެންގެ އަޒުމަކަށްވާންވީ، މިނިވަންކަމާއި ކުރިމަގަށް މަސައްކަތްކުރުމުގައި ދޮންބަންޑާރައިންގެ ޖިހާދާއި ހިތްވަރާއި ޙިކުމަތްތެރިކަމުގައި ސާބިތުވެ ތިބުން.
— Abdulla Shahid (@abdulla_shahid) January 6, 2022
މިއަދުގެ ސަރުކާރު އެ ސާބިތުކަންމަތީ އޮތުމުން އުފާކޮށް، ދުވަހުގެ ތަހުނިޔާ އަރިސްކުރަން.
ދޮންބަންޑާރައިންނަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު، ނޣޢވ، އަބްދުﷲ ޝާހިދުގެ ހަތްވަނަ ކާފާފުޅެވެ.
1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން، ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.
ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު، ދޮންބަންޑާރައިންނާއި އޭނާގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބަޢުވީ މީހުންގެ ތެރެއިން ހިތްވަރުގަަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.
މިދުވަހަށް ހުރަވީ ދުވަސް ކިޔަނީި އެމަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިޞްބަތްވާ ބޭފުޅަކަށްވާތީއެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ދޮންބަންޑާރައިންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަންކުރެއްވީ 7 އަހަރު ދުވަހު އެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. މީލާދީ ގޮތުން އެއީ 1759 ން 1767 އަށެވެ.
އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން އަވަހާރަވީ 2 ރަމަޟާން 1180، 1 ފެބްރުވަރީ 1767 ގައެވެ.
ކިޔުންތެރިންގެ ހިޔާލު