ސްރީލަންކާ މަސްބޯޓެއް ބަންޑުންޖަހާލާފައި ވާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އެދިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅުނު ބޯޓެ ބަންޑުން ޖަހާލާފައި ވާކަމަށެވެ. އަދި އެބޯޓު އޮޔާ އަންނަކަމަށް ލަފާކުރެވެނީ މާލެ އަތޮޅާއި ވ.އަތޮޅާ ދިމާލަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ދާދިފަހުން ރާއްޖޭގައި ވެސް ވަނީ ފާނަ މަސްވެރިކަމުގައި އުޅުނު ދޯންޏެއް އަޑިއަށް ގޮސްފައެވެ. އެ ދޯނިން ދަތުރުކުރި ދެ ބިދޭސީން ފެނިފައި ވާއިރު، ދޯނިން ދަތުރުކުރި ދިވެހި ކެޕްޓަން އަދިވެސް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު