ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ ރާއްޖެ ވަޑައިގެންފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރާއި، ޗައިނާ އެމްބަސީގެ އިސް ބޭފުޅުންނާއި، ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ރާއްޖެއާ ޗައިނާއާއި ދެމެދު ރަސްމީ ވާހަކަތައް ބާއްވާ، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އިތުރު އެމްއޯޔޫތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމަޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މުޅި މި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ. އަދި އެ މުނާސަބަތާ ގުޅުވައި ބޭނުން ކުރާނެ ޚާއްސަ ލޯގޯއެއް ވެސް އިފްތިހާހް ކުރާނެއެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ރާއްޖެ ވަޑައިގެންނެވީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިނިސްޓަރ ޝާހިދު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ޗައިނާއަށް ޒިޔާރަތް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު