އަމާޒު ނަންގަވާ ނުލައްވައި ތިލަފަތަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަށްވާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕޭނުގައި ރައީސް ނަޝީދު މިރޭ ވިދާޅުވީ ދުވަސްތަކެއްވާންދެން އެމްޑީޕީ ރާއްޖޭގެ ވެރިކަމުގައި އޮންނަންޖެހޭ ކަމަށާއި އެއީ އެންމެ ގޮނޑިއެއް ކާމިޔާބު ކުރުމަށްވުރެ ބޮޑު މަސައްކަތެއް ކަމަށެވެ. މި ވަގުތަކީ އެމްޑީޕީން ދެކެން ބޭނުންވި ވަގުތެއް ނޫން ކަމަށާއި ނަމަވެސް މިއީ މަޖުބޫރީ ޙާލަތެއްގައި އެމްޑީޕީ ކުރިމަތިލާ އިންތިޚާބެއް ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.
ރައީސް ނަޝީދު މިރޭ ވިދާޅުވީ އެންމެންގެ ވޯޓު އަނެއްކާވެސް އެމްޑީޕީއަށްދީ ރާޝިދު މިފަހަރު ހޮވަންޖެހޭ ކަމަށާއި މި އިންތިޚާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓުންގެ އެއްވެސް ސިޔާސަތެއް ނެތްކަމަށެވެ. އެމްޑީޕީގެ ސަރުކާރު ނޫން ސަރުކާރެއް މުޅި ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ނުކުރާނެ ކަމަށާއި އިދިކޮޅުގެ ވިސްނުމަކީ ހަމައެކަނި މާލޭ ސަރަޙައްދު ތަރައްޤީކުރުން ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.
"މާލޭ ސަރަޙައްދަށް މީހުން ޖަމާކުރުމަށް ވިސްނާ ބަޔަކު ރަށްރަށް ތަރައްޤީ ކުރުމަށް ނުވިސްނާނެ." ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މުޖުތަމައުން ރާއްޖެ ބިކަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށާއި ރާއްޖެއަކީ ބިކަ ތަނެއްގެ ގޮތުގައި ދުވަހަކުވެސް އެމްޑީޕީން ސިފަނުކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއްހޮރަކުން ދެފަހަރު ކަށިޖެހިޔަ ދީގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ތިބީ އެކީއެކައްޗަކަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލައިގެންކަން ފާހަގަ ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙްގެ ލީޑަރޝިޕްގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރާޝިދު މަޖިލީހުގެ ގޮނޑީގައި ބައިންދަންޖެހޭ ކަމަށެވެ. މަތިކޮމަންޑޫ އާއި ކޮމަންޑޫއާ ދޭތެރޭގައި ބްރިޖެއް އެޅުމަކީ ފެށުނީއްސުރެ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔަމުން އަންނަ ވާހަކައެއް ކަމަށާއި ރައީސް ޞާލިޙް އެކަން ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު