ބޭރަށް ހިންގާނަމަ ބަތްޕެން މާ ރަނގަޅުވާނެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ގޮވާލަށްވަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް މިއަދު ވިދާޅުވީ ބޭރަށް ހިންގުމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއަކީ ބަތްޕެން ކަމަށެވެ.
އޭގެ އިތުރުން ބޭރަށްހިންގާއިރު ދޭން ފޮތްފޮތުގައި ލިޔެފައިހުންނަ ޔޯގަޓަކީ މާލޭގައި ތަދުއެއްޗެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
"ފިނިނުކޮށް ފިހާރަތަކުގައި އެހުންނަނީ ޔޯގަޓެއްނޫން؛ އެއަށް ޔޯގަޓާ އެންމެ ގާތްނަމަކަށް ކިޔަސް ކިޔޭނީ ޔޯގަޓް ޑުރިންކް؛ އެ ދީގެން ބޭރަށްހިންގުން އިތުރަށް ގޯސްވުންގާތް." ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުން މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.
ބޭރަށް ހިންގާނަމަ ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމާއި، ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ހިމެނޭ ކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖޭގައި މިހާރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވާން ފަށައިފައިވާއިރު މިދިޔަ އަހަރު އެ އަދަދުތައް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.

ބޭރަށްހިންގާއިރު ދޭން ފޮތްފޮތުގައި ލިޔެފައޮންނަ ޔޯގަޓު އެއީ މާލޭގައި ތަދުއެއްޗެއް
— Ahmed Faisal (@Faisalnaifaru) January 9, 2022
ފިނިނުކޮށް ފިހާރަތަކުގައި އެހުންނަނީ ޔޯގަޓެއްނޫން؛ އެއަށް ޔޯގަޓާ އެންމެ ގާތްނަމަކަށް ކިޔަސްކިޔޭނީ ޔޯގަޓްޑުރިންކް؛ އެ ދީގެން ބޭރަށްހިންގުން އިތުރަށް ގޯސްވުންގާތް
ބަތްޕެން މާ ރަނގަޅުވާނެ
އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުން މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.
ބޭރަށް ހިންގާނަމަ ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމާއި، ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ހިމެނޭ ކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖޭގައި މިހާރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވާން ފަށައިފައިވާއިރު މިދިޔަ އަހަރު އެ އަދަދުތައް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.
ކިޔުންތެރިންގެ ހިޔާލު