އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ރާއްޖޭގައި ބޭރަށް ހިންގުމުގެ ރޯގާއެއް މިދުވަސްވަރު ފެތުރޭތީ އެކަމަށް ސަމާލުވުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ބޭރަށް ހިންގުމުގެ ރޯގާއެއް މިދުވަސްވަރު ފެތުރެމުން ދާކަމަށެވެ. އޭގެއިތުރުން މިހާރު މިފެތުރޭ ބޭރަށް ހިންގުމުގެ ރޯގާގެ ޖަރާސީމު ހަށިގަނޑަށް ވާސިލުވާތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރޯގާގެ އަލާމާތްތައް ފެންނަން ފަށާނެކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މި ބަލީގެ ޢަލާމާތްތައް 12 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ފެންނަން ފަށާނެކަމަށާއި، ހަށިގަނޑުގައި ރޯގާ ޖަރާސީމް ހުންނަ މުއްދަތު ވެސް ވަރަށް ކުރުވާނެކަމަށް އަފްޒަލް ވިދާޅުވިއެވެ. އޭގެއިތުރުން ބަލީގެ ޖަރާސީމް ހަށިގަނޑުގައި ހުންނާނީ ގާތްގަނޑަކަށް 24 ގަޑިއިރާ 60 ގަޑިއިރާ ދެމެދުގެ މުއްދަތެއްގައި ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުން މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.

ބޭރަށް ހިންގާނަމަ ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމާއި، ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ހިމެނޭ ކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން