ޑްރައިވިން ސްކޫލްގައި ވަކިވަގުތެއް ހަމަވަންދެން އުޅަނދުތައް ނުދުއްވާނަމަ ލައިސަންސް ނުލިބޭ ގޮތް ހަދައިފިއެވެ.
ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުވަނީ ބަދަލުގެނަސްފައެވެ. ޤަވާއިދުގައިވާ ގޮތުން ރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވަން ދަސްކުރަންވާނީ، ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ލިބިފައިވާ ޑްރައިވިންގ ސްކޫލަކުން ނުވަތަ ލައިސަންސް ލިބިފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
މީގެ އިތުރުން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނުގައި ވަކި ވަގުތުތަކެއް ހަމަކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ މުއްދަތަށް ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިންގ ލޮގު، ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ޤަވާއިދުގައިވާ ގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޢަމަލީ ތަމްރީން ފުރިހަމަ ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެއެވެ. އަދި އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް ވެސް ގަވާއިދުގައިވެއެވެ.
މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓްރީން ދޭ ތިއަރީ ޓެސްޓާއި ދުއްވުމުގެ އިމްތިހާނެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެއެވެ. މިނިސްޓްރީގެ އާ ޤަވާއިދާއެކު ޑްރައިވިން ސްކޫލްތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު