އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ޝިއާރުގައި ފަތުރަމުން ގެންދަވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންކަން ކަމަށާއި، އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވިދާޅުވެއްޖެެެއެެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ލަސްނުކޮށް ރައީސް އަބުދު ﷲ ޔާމިން ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށާއި، އިންޑިޔާ އައުޓް ނަމުގައި އެމަނިކުފާނު ހިންގަވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު، މަޖިލީހުގެ ތެރެއިން ވެސް ރައީސް ޔާމީންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ހަރަކާތް މިހާރު އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ޚިދުމަތްތެރިންނަށް ކަމަށް ހަަސަން ލަތީފް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން، އެ ގުޅުންތައް ހީނަރުވުމުގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ އެ ގައުމުތަކުގެ ރައްޔިތުންނާއި އެ ގައުމުތަކުގައި އުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އަސަރުކުރާނެ ކަމަށެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ޒިންމާދާރުވެ، އެހެން ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވާ ފަދަ ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވާން ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުމާއި އެކު، "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތައް މާލެ އާއި އަތޮޅު ތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެ ޝިއާރު ހިމެނޭ ޓީޝާޓް ތުރު ކުރައްވައިގެން ރަށްރަށަށް ވަޑައިގެން ރައީސް ޔާމިން ގެންދަވަނީ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ހިންގާ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަަވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު