ހިޔާ ފްްްލެޓް ސަރަޙައްދުން ފަޅައިގެން ދިޔަ ކޭބަލް
ހިޔާ ފްްްލެޓް ސަރަޙައްދުން ފަޅައިގެން ދިޔަ ކޭބަލް
ކަރަންޓު ކޭބަލަށް ދިމާވި މައްސަލަ ހައްލުކޮށް ހިޔާ ފްލެޓްތަކަށް ކަރަންޓުދޭން ފަށައިފި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން މަގު ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށެވެ.

ނަމަވެސް މައްސަލަ ޙައްލުކޮށް މިހާރު ވަނީ ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް އަލުން ކަރަންޓު ދީފައިކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

"މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުނެފައިވެއެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން ހުރިހާ ފްލެޓަކުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ. ނަމަވެސް ފެނުގެ ހިދުމަތް ވަނީ ހެނދުނު 11:10 ހާއިރު ދީފަ އެވެ.

މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން މިހާރު ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެއާއި ހުޅުމާލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މި ޕްރޮޖެކްޓު އެއްކޮށް ނިމުމުން މާލެއަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން