ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދެލަނޑު އެއްލަނޑުން ބަލިކޮށް، ކްލަބް ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ރ. އަލިފުށީގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހައި ލީޑްނެގީ ވެލެންސިއާއެވެ. ތިން ވަނަ މިނިޓްގައި އެ ގޯލް ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަކްސް އެވެ. މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 39 ވަނަ މިނެޓްގައި ކެޕްޓަން މުހައްމަދު އިރުފާނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވުމުން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. މެޗުން ވެލެންސިއާ މޮޅުވި ގޯލް އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް ބޯހާސް މާޓީން އެވެ.
މިއީ ވެލެންސިއާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ. ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެެލެންސިއާގެ ކެޕްޓަން އަލީ ފާސިރު ސެންޓޭ އެވެ.

ކިޔުންތެރިންގެ ހިޔާލު