އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)
ރައީީސްްް ޔާމީން މަސައްކަތް ކުރަށްވަނީ އަނބުރާ ޖަލަށް ވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަށްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ޝިއްޕެ ވިދާޅުވީ "އިންޑިއާ އައުޓް" ޝިއާރުގައި ރައީސް ޔާމީން ކެމްޕޭން ކުރެއްވިޔަސް އެމަނިކުފާނަށް އޮތް އިޚްތިޔާރަކީ "އިން" ވުން ކަމަށެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ ދަޢުލަތުގެ މާލިއްޔާއިން ބަލަހައްޓާ ޚަރަދުކުރަމުންދާ ފަރާތެއްކަމަށް ޝިއްޕެ ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނަށް ރާއްޖޭގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާނުލެވޭނެ ކަމަށް ޝިއްޕެ ވިދާޅުވިއެވެ.

"ބޭރަކަށް ނުދެވޭނެ. އަލުން އަނބުރާ ޖަލަށްދާން ތިކުރާ މަސައްކަތް އަޅުގަނޑު މި ދަންނަވަނީ ކެރިގެން ޔާމީން މިހާރު އެ ކުރަށްވަނީ ތަންކޮޅެއް ގިނަ ދުވަހު މާލެ ތެރޭގައި އުޅެވުނީމަ އަލުން އަނބުރާ ޖަލަށްދާން ބޭނުންވެގެން ކުރާ މަސައްކަތެއް." ޝިއްޕެ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާގެ ރައްޔިތުންނާ ދިވެހި ރައްޔިތުންނާ ޖެއްސުމަށް ހިންގާ ހަރަކާތެއްކަން ފާހަގަކުރައްވައި ޝިއްޕެ ވިދާޅުވީ އެމްޑީޕީ މި ސަރުކާރުގައި އޮވެ އެކަމަށް ޖާގަދިނުމަށް އެމްޑީޕީގެ މެންބަރުން ބޭނުންނުވާ ކަމަށެވެ.

"އެހެންވީމާ މި ދެންނެވެނީ "އައުޓެއް" ނުވެވޭނޭ. ވާންޖެހޭނީ "އިން". ޔާމީން ޖެހޭނީ އަލުން އަނބުރާ އޮތްތަނަށް ރުޖޫޢަވާން. އެތެރެއަށް ދާންޖެހޭނީ." ރޭގެ ޖަލްސާގައި ޝިއްޕެ ވިދާޅުވިއެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާ ތިން ކެނޑިޑޭޓުންވެސް ދަނީ އިންތިޚާބަށް ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. އެގޮތުން ކެމްޕޭން ޖަލްސާތަކާއި ތަފާތު ރެލީތައް އެ ދާއިރާގައި ކެނޑިޑޭޓުންގެ ފަރާތުން ދަނީ ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން