މަޝްހޫރު ފާސްޓް ފުޑް ޗެއިން މެކް ޑޮނަލްޑްސުން ކުޅި އައިސްކްރީމެއް ތައާރަފްކޮށްފިއެވެ.
ތައިލޭންޑްގައި ހުންނަ މެކްޑޮނަލްޑްސުން ބާޒާރަށް ތަޢާރަފްކުރި މި އައިސްކްރީމް ތައްޔާރުކޮށްފައިވަނީ ޗިލީ ޕޭސްޓާއި އޫރު މަހުގެ ބާވަތެއް ބޭނުންކޮށެވެ.
ތަފާތު ރަހައެއް ހިމެނޭ މިއައިސްކްރީމްގައި ކުޅި ރަހައިގެ އިތުރުން މަހުގެ ރަހަވެސް ލާނެކަމަށް މެކްޑޮނަލްޑްސް ތައިލޭންޑުން ހާމަކޮށްފައިވެއެވެ.
މިއީ ކުޅިރަހަލާ އައިސްކްރީމެއް މެކްޑޮނަލްޑްސުން ބާޒާރަށް ނެރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ޗައިނާގައި ހުންނަ މެކްޑޮނަލްޑްސުން ވަނީ ވެނީލާ އައިސްކްރީމްގެ މައްޗަށް ޗިލީ އޮއިލް އަޅައި، އާ އައިސްކްރީމް ފްލޭވަރއެއްގެ ގޮތުގައި މެނޫގައި ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު