އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.
މި ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ. އެ ޖަލްސާ ބާއްވަން ނިއްމާފައިވަނީ ފެބްރުއަރީ 3 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ.
އެދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ބުނެފައިވަނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިމެނޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކަމެއް ކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭއިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލަންވާނެ ކަމަށް އެމާއްދާގައި ބުނެފައިވެއެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަން ތާވަލް ކޮށްފައިވާއިރު ރައީސް ޞާލިޙް މިވަގުތު ހުންނެވީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގައެވެ. ރައީސް ޞާލިޙް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ ކެމްޕޭނަށް ށ. އަތޮޅަށް ފުރާވަޑައިގަތުމަށް ޕީސީއާރު ޓެސްޓް ހެއްދެވުމުންނެެވެ.
މިއަހަރުގެ ރިޔާސީ ބަޔާނަކީ ރައީސް ސާލިހް އިއްވަވާ 4 ވަނަ ރިޔާސީ ބަޔާނެވެ.

ކިޔުންތެރިންގެ ހިޔާލު