ސޮނެވާފުށީގައި ބޭއްވި މޫދު ކުޅިވަރު ފެސްޓިވަލްގެ ތެރެއިން
ސޮނެވާފުށީގައި ބޭއްވި މޫދު ކުޅިވަރު ފެސްޓިވަލްގެ ތެރެއިން
މޫދުޙަރަކާތްތައް ހިންގާއިރު ފަތުރުވެރިންގެ ސަލާމަތާމެދު ރައްކާތެރިވުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ލިވަބޯޑުތަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވަނީ ފަަހަކަށް އައިސް ފަތުރުވެރިންނަށް މޫދުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް މޫދު ހަރަކާތްތައް ކުރިއަށްގެންދާއިރު ސަމާލުވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސަރކިއުލާގައި އިތުރަށް ބުނެފައިވަނީ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ސަލާމަތީ އާލާތްތައް ޤަވާއިދުގައިވާ ގޮތަށް ހަމަކުރުމަށް އަންގާ ކަމަށެވެ. ވަކިން ހާއްސަކޮށް ސްވިމިންޕޫލްތަކަށް އެެރޭއިރުގައްޔާއި ފެތުމާއި އެހެނިހެން މޫދު ޙަރަކާތްތަކާއި ސްނޯކަލިންއަށްދާއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވަނީ ހަނދާންކޮށްދީފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިންވަނީ ފަތުރުވެރިންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ހުއްޓުމެއްނެތި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ފަހަކަށްއައިސް މޫދުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގައި ފަތުރުވެރިން ނިޔާވުމުގެ ޙާދިސާތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން އދ. މަންދޫ ކައިރިއަށް ޑައިވިންގއަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ކަނޑުގެ އަޑިން ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން