އަހުމަދު މަސްނޫމް   28 ޖެނުއަރީ 2022 - 21:21
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޯގެ ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް އޮންނާނީ އަންނަ އާދީއްތަ ދުވަހުކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.



ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު އެކުލަވާލެވޭ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އެނޫންވެސް ދާއިރާތައް ހިމެނޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުގައި ތުރުކީގެ ފޮރިން މިނިސްޓަރ، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނެކަމަށެވެ.

އާދިއްތަދުވަހުގެ ނިޔަލަށް ތުރުކީގެ ހާރިޖީ ވަޒީރު ކުރައްވާ މި ދަތުރުފުޅަކީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން