ވެރިކަން ކުރާ ޕަޓީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެގުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ،

އަށާރަ ވަނަ މަޖްލީހުންފެށިގެން ކޮންމެ އިންތިހާބެއްގައި ވެސް ސަރުކާރު ހިންގާ ޕާޓީއަށްމެޖޯރިޓީީ ލިބެމުން ދާތަން ދަނީ ފެންނަމުން ނެވެ.

އެކަން މެމްބަރު އިކްރާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ރައީސްއަކު އިންތިހާބު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުން ރައްޔިތުން ސުޕަރ މެޖޯރިޓީ ދެނީތޯ ނުވަތަ ވެރިކަމުގެ ބާރު ބޭނުންކޮށްގެން ހޯދަނީކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"2019 އަދި 2024ގައިވެސް އިންތިހާބް ކުރެވުނީ ރައްޔިތުންގެ މަޖްލީހަކަށްވުރެ ބަޑަށް ސަރުކާރުމަޖްލީހެއް." އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ބަދަލަކަށް ބޭނުންވެފައިވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

މި ފަހަރުގެ އިންތިހާބުގައި ވެސް ދިއްގަރު ދާއިރާއަށް އިކްރާމް ވާދަ ކުރެއްވި އެވެ. ނަމަވެސް އެ ގޮނޑި ނެންގެވީ ޕީއެންސީ ކެނޑިޑޭޓް އަހުމަދު ނާޒިމް އެވެ،

ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ވަނީ ނަގައިފަ އެވެ. އެމްޑީޕީއަށް ނެގުނީ އެންމެ 12 ގޮނޑި އެވެ.

އެހެންވެ ގިނަ ބައެއްގެ ނުރުހުން އެމްޑީޕީގެ ލީޑާޝިޕަށް ވަނީ އަމާޒުވެފަ އެވެ.

އަދި ލީޑާޝިޕްގެ އިސް ބެފުޅުން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާ އަޑުވެސް ވަނީ ގަދަވެފަ އެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން