ބައެއް ވުޒާރާތަކުގައި ސިޔާސީ މުވައްޒަފުންގެ މުސާރަ ޚަރަދު މިހާރުވެސް މާ ބޮޑުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ސިޔާސީ މަޤާމުތައް އިތުރުވަމުންދާ ކަމަށާއި މަތިބަރު ސަރުކާރެއްގެ މަލަމަތި ފެންނަމުންދާކަން ބަޔާން ކުރަށްވަމުން ވައްޑޭ މިއަދު ވިދާޅުވީ ޑރ. މުޢިއްޒުގެ ވެރިކަމަށް އަދި ވީ 5 މަސް ކަމަށެވެ.

އެހެން ނަމަވެސް ބައެއް މިނިސްޓްރީތަކުގެ ހުރިހާ ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށްވުރެ ސިޔާސީ މުވައްޒަފުންގެ މުސާރަ ޚަރަދު މިހާރުވެސް ބޮޑުވެފައިވާކަން ވައްޑެ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ މަތި ލުއިކުރުމަށް ވައްޑެ ވަނީ ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ.

“މިނިސްޓްރީތަކަށް ޑަޒަނުން ލައްވަމުންދާ ސިޔާސީ ބޭފުޅުންނަށް އޮފީހުން ޖާގަ ހަދައިދިނުމުގެ ގޮތުން، ޒަމާންވީ ސިވިލްސާވެންޓުންވެސް ކުރީގެ ބާ ބޮކްސްފައިލްތައް ފަދައިން ގުދަން ކުރާ ހިސާބަށް އެބަދޭ ބައެއް އޮފީސްތަކުގައި.” ވައްޑެ ވިދާޅުވިއެވެ.



ވައްޑެ މިމޭރުމުން ވިދާޅުވެފައިވާއިރު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ޢަދަދަކަށް ސިޔާސީ މަޤާމުތައް އުފައްދާފައެވެ.

އަދި މިހާރުވެސް އިތުރު ފަރާތްތަކަށް ސިޔާސީ މަޤާމުތައް ދެމުންދާއިރު ދަޢުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހުރިހާ އިދާރާތަކަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން