ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން އިންޑިއާއިން ރާއްޖެއަށް 20 ބިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ފާއިތުވި 3 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެގުޅުމުގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތްކަން ސަފީރު ފާހަގަކުރެއްވިއެވެ.
އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާގެ އެހީ އިންޑިއާއިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިލޭ އެހީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ދޫކުރާ ލޯން އެހީތަައްވެސް ހިމެނެއެވެ.
ސަފީރު ވިދާޅުވީ ރާއްޖެއަށް އެހީތެރިވަނީ ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިންކަމަށެވެ. އަދި ދިވެހިރާއްޖެއަށް ދޫކުރުމަށް ހަމަޖެހިފައިވާ އެހީތަކަކީ ވަރަށް ބޮޑެތި ލުއިތަކާއިއެކު އާންމު މާކެޓް ރޭޓަށްވުރެ ކުޑަ ރޭޓެއްގައި ދޫކޮށްފައިވާ އެހީތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ސަލާމަތި ބާރުތަކުން ވެފައިވާ އެއްބަސްވުންތަކަކީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށެވެ. އަދި އެއްބަސްވުންތަކުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމުގެ އިތުރަށް ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓި ވިޔަފާރި ފުޅާކުރުމުގައި ދެ ޤައުމަށްވެސް ފަސޭހަތަކެއްވާކަން ފާހަގަ ކުރެއްވިއެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި މުނޫ މަހާރުވަރު ހަވާލުވެވަޑައިގަތީ މިދިޔަ ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. އޭގެކުރީން އެމަޤާމުގައި ހުންނެވީ ސަންޖޭ ސުދީރުއެވެ. މުނޫ މަހާވަރު ކުރިން ހުންނެވީ އިންޑިއާއިން އޮމާންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު