ފޮޓޯ: ރާއްޖެ އެމްވީ
ފޮޓޯ: ރާއްޖެ އެމްވީ
ތަޖުރިބާކާރު ކޯޗް މުހައްމަދު އާތިފް (އާތީ)، ކްލަބް އޭދަފުށި ކޯޗަކަށް ހަމަޖައްސައިފިއެވެ. އާތީ، ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވެ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރީ ރޭ އޭދަފުށިގައި ބޭއްވި ހަފްލާއެއްގައެވެ.

އާތީގެ އިރުޝާދުގެ ދަށުން ނުކުންނަ ކްލަބް އޭދަފުށީގެ އެއްމެ މުހިއްމް އެއްމަސައްކަތަކަށްވާނީ، އަންނަ މާރޗް މަހުގެ 1 ވަނަ ދުވަހު އެފްއޭއެމުން ފަށަން ނިންމައިފައިވާ 2023/2024 ޕްރިމިއާ ލީގް ކޮލިފިކޭޝަނެވެ.

4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރިމިއަރ ލީގް ކޮލިފިކޭޝަންގައި އޭދަފުށި ހިމެނެނީ "ސެންޓްރަލް ޒޯން" ގައެވެ. މި ޒޯންގައި ބ އަތޮޅުގެ އިތުރުން ހިމެނެނީ، ޅ، ކ ،އއ، އދ، ވ، މ، ފ، އަދި ދ އެވެ.

1998 ވަނަ އަހަރުން ފެށިގެން އާތީ ވަނީ ގައުމީޓީމްގެ އެކި އުމުރުފުރާތަކުގައި ކޯޗިން މަސައްކަތްތަކެއް ކޮށްފައެވެ. އަދި އޭގެ އިތުރުން ގައުމީ ފިރިހެން ޓީމްގެ އެސިސްޓެންޓް ކޯޗުކަމާއި ގައުމީ އަންހެން ޓީމްގެ ހެޑް ކޯޗް ކަންވެސް އާތީ ވަނީ ކޮށްފައި.

އަބަދުވެސް މަޝްހޫރު ފުޓްބޯޅައިގެ ރަށެއްކަމަށްވާ އޭދަފުށްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީޓީމަށާއި ފުރަތަމަ ޑިވިޒަނަށް ކުޅެފައެވެ. އާތީ، ކްލަބް އޭދަފުށީ ކޯޗް ކަމާއި ހަވާލުވީ 1 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން