އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ހިލޭ ޓްރާންސްފާއެއްގެދަށުން ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.
ބާސެލޯނާއަށް ބަދަލުވުމާއި ހަމައަށް އޮބާމަޔަން ހުރީ ޑިސިޕްލިނަރީ ސަބަބުތަކާހުރެ އާސެނަލް ޓީމުން ބާކީ ކޮށްފައެވެ. އާސެނަލަށް އެންމެފަހުން އޮބާމަޔަން މެޗެއް ކުޅެފައިވަނީ މިދިއަހަރު ޑިސެމްބަރު މަހު ކުރީކޮޅުގައެވެ.
ގިނަ ޓީމުތަކަކުން ގެންދަން ބޭނުން ވެފައިހުރި އޮބާމަޔަނަށް ސައުދީގެ އަލް ހިލާލާއި އަލް ނަސްރުން ހުށައެޅުންތަށް ލިބުނެއެވެ. ނަމަވެސް ޔޫރަޕްގައި ހުންނަށް ބޭނުންވާތީވެ އޮބާމަޔަން ވަނީ އެ ހުށައެޅުންތަކަށް ނޫނެކޭ ބުނެފައެވެ.
ނިމިދިޔަ ޖެނުއަރީގެ ޓްރާންސްފާގައި އާސެނަލުން ވަނީ ގިނަ ކުޅުންތެރިންތަކެއް ބޭރުކޮށްފައެވެ. ކުރިއަށް 17 މެޗް ކުޅެން އޮތްއިރު އާސެނަލް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ. 21 މެޗު ކުޅެ 36 ޕޮއިންޓާއެކު އާސެނަލް އޮތީ ލީގުގެ ހަވަނައިގައެވެ.
2019/2018 ޕްރިމިއަރ ލީގުގެ އެެއްމެ ގިނަ ގޯލްޖެހި ކުޅުން ތެރިޔާގެ މަގާމު ހޯދައިފައިވާ، އޮބާމަޔަން ވަނީ އާސެނަލަށް ކުޅުނު 163 މެޗުން 92 ގޯލް ޖަހައިފައެވެ. އަދި 2020 ވަނަ އަހަރު އެފްއޭކަޕާއި ކޮމުނިޓީ ޝީލްޑް ހޯދައިދިނުމުގައި އޭނާ ވަނީ ވަރަށް މުހިމް ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު