ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް
ފޮޓޯ: ފޭސްބުކް ޕޭޖް - އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ދަ ގްރާންޑޭއާއި މާޒިޔާ ކުޅުނު މެޗު 0-6 ގެ ނަތީޖާ އަކުން މާޒިޔާ މޮޅުވެ "ގްރޫޕް އޭ" ގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

މި މެޗުގައި މާޒިޔާގެ އިޔާން އާއި މަޒީން ވަނީ 2 ގޯލް ޖަހާފައެވެ. އަދި ޔޫޝައުއާއި ފާއިޒާއި ދެކުޅުންތެރިންކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ 1 ގޯލް ޖަހާފައެވެ.

މި މެޗުން މޮޅުވެ މާޒިޔާވަނީ މި ގްރޫޕްގައި 4 މެޗު ކުޅެ ފައިދާ 8 ގޯލާއި 7 ފޮއިންޓާއެކު ގްރޫޕް ގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް އީގަލްސް 3 މެޗް ކުޅެ ފައިދާ 7 ގޯލާއިއެކު 7 ޕޮއިންޓް ވަނީ ހޯދާފައެވެ. 3 ވަަނައިގައި އޮތް ސަސް 2 މެޗް ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ. 4 ވަނައިގައި ދަ ގްރާންޑޭ އޮތް އިރު, ގްރޫޕް ގެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރީން ސްޓްރީޓްސް އެވެ.

މިއަދުގެ މޮޅާއެކު މާޒިޔާއަށް ވަނީ ސެމީގެ އުއްމީދު އާވެފައެވެ. މިއަދުގެ މެޗުގެ "ޕްލެޔަރ އޮފްދަ މެޗް" ލިބިފައިވަނީ މާޒިޔާގެ މުހައްމަދު މަޒީނަށެވެ.

މިރޭ 8:30 ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން