އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ގެ ފުރަތަމަ މެޗު 1-3 ގެ ނަތީޖާއަކުން ބުރްކިނަ ފަސޯ ބަލިކޮށް ސެނެގާލް ފައިނަލް ގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ވަނީ ދައްކާފައެވެ. މި މެޗު ފުރަތަމަ ހާފު ނިމުނީ އެއެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ދެވެނަހާފް ފެށިގެން 70 ވަނަ މިނެޓުގައި ސެނަގާލަށް ފުރަތަމަ ގޯލް ޖަހައިދީފައިވަނީ އަބްޑު ޑިއަލޫ އެވެ.
ހަ މިނެޓްފަހުން ސެނަގާލް ގެ ދެވަނަ ގޯލް ޖެހީ ލިވަޕޫލް ގެ ތަރި މަނޭ ދިން ޕާހަކުން ގާނާ ގުއެޔެވެ. ބުރްކިނަ މިމެޗުގައި ޖެހި ހަމަ އެކަނި ގޯލްފެނިގެން ދިއައީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ގޯލް ޖަހައިދީފައިވަނީ، އިއްސަ ކަބޫރޭ ނެގި ހުރަހަކުން ބްލަޓި ޓޫރޭ އެވެ.
މެޗު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ސެނެގާލަށް ލީޑު ފުޅާކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުމެއް ކުޅުނު ސަޑިއޯ މަނޭ އެވެ. މިއީ މަނޭ މި މުބާރާތުގައި ޖެހި 3 ވަނަ ގޯލެވެ. މަނޭ ވަނީ ސެނެގާލަށް 29 ގޯލް ޖަހައިދީ ސެނެގާލަށް މިހާތަނަށް އެއްމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާ ކަމަށްވާ ހެންރި ކަމަރައާއި އަރާހަމަ ކޮށްފައެވެ.
ފީފާ ރޭންކިންގެ އެފްރިކާ ބައްރުގައި މިވަގުތު އެެއްމެ މަތީގައި (20 ވަނައިގައި) އޮތް ސެނެގާލް، ފައިނަލްގައި ބައްދަލު ކުރާނީ މިރޭ ރާއްޖެ ގަޑިން 00:00 ގައި ކުޅޭ ސެމީ ފައިނަލް ގެ ދެވަނަ މެޗުގައި، ބައްދަލުކުރާ މިސްރު އަދި ކެމަރޫން ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. މިސްރު ވަނީ މި މުބާރާތް 7 ފަހަރު ކާމިޔާބު ކޮށްފައެވެ. ކެމަރޫން ވަނީ މި މުބާރާތް 5 ފަހަރު ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު