އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) މުބާރާތުގެ ސެމީގެ ފަހު މެޗު, ޕެނަލްޓީ ޖަހައިގެން 1-3 ގެ ނަތީޖާއަކުން ކެމަރޫން ބަލިކޮށް މިސްރު ފައިނަލަށް ދަތުރުކޮށްފިއެވެ.

ގިނަ ފައުލް ތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފް މޮޅަށް ކުޅުނީ ކެމަރޫނެވެ. އެގޮތުން 17 ވަނަ މިނެޓުގައި ކެމަރޫން ގެ ޑިފެންޑަރު ގަޑޫ ބޮލުން ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވެ. އޭގެ 2 މިނެޓް ފަހުންވެސް ގަޑޫއަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ދެވަނަ ހާފްގެ 55 ވަނަ މިނެޓްގައި ލިވަޕޫލްގެ ސަލާހަށް ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ސަލާހަށް ހުސްކޮށް ލިބުނު މި ފުރުސަތުގައި ކެމަރޫންގެ ކީޕަރު ކުރިއަށް އަރާ ވަނީ ބޯޅަ ދިފާއު ކޮށްފައެވެ.

މެޗުގެ 90 މިނެޓް ހަމަ ވަނިކޮށް މިސްރުގެ ކޯޗް ކާލޯސް ކުއިއެރޯޒްއަށް ވަނީ ރަތް ކާޑް ދައްކާ ބެންޗުން ފޮނުވާލާފައެވެ.

90 މިނެޓް ހަމަވެ, އިތުރުގަޑީގެ 30 މިނެޓް ކުޅެ ޕެނަލްޓީއާއި ހަމައަށް ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޕެނަލްޓީގައި ތަރި އަކަށްވީ މިސްރުގެ ކީޕަރު މުހައްމަދު އަބޫގަބަލް އެވެ. އޭނާ ވަނީ ކެމަރޫނުން ފޮނުވާލި 3 ޕެނަލްޓީ ދިފާއު ކޮށްފައެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެގަޑިން 00:00 ގައި ކުޅޭ ފައިނަލް ގައި ބައްދަލު ކުރާނީ ސެނަގާލް އާއި މިސްރެވެ. 3 ވަނަ ހޮވާ މެޗުގައި، 21:00 ގައި ބައްދަލު ކުރާނީ ބުރްކިނަ ފަސޯއާއި ކެމަރޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން