ފޮޮޓޯ: އޭއެސް
ފޮޮޓޯ: އޭއެސް
ވަރުގަދަ ރެއާލް މެޑްރިޑް އެކެއް ސުމަކުން ބަލިކޮށް އެތުލެޓިކް ބިލްބާއޯ، ކޮޕަ ޑެލް ރޭ ސެމީ ފައިނަލަށް ދަތުރުކޮށް ފިއެވެ.

އެތްލެޓިކް ބިލްބާއޯގެ ދަޑުގައި ކުޅުނު މި މެޗު, ފެށިގެން ނިމެންދެން މޮޅަށް ކުޅުނީ ބިލްބާއޯ އިންނެވެ. ރެއާލް ގެ ފޯވާޑް ބެންޒެމާ ނުލައި ކުޅުނު މި މެޗުގެ ހަމަ އެކަނި ލަނޑު ފެނިގެން ދިއައީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މި ގޯލް ޖަހައިފައިވަނީ ބަދަލު ކުޅުން ތެރިއެއް ގޮތުގައި ކުޅެން ނުކުތް އެލެކްސް ބެރެންގުއާ އެވެ.



އެތުލެޓިކް ބިލްބާއޯ ސެމީ ފައިނަލަށް ދަތުރު މިކުރީ ބާސެލޮނާއާއި ރެއާލް މެޑްރިޑް ވެސް ބަލި ކުރުމަށްފަހުއެވެ. މިއާއެކު ކޮޕަ ޑެލް ރޭގެ ސެމީއަށް ދަތުރު ކުރި ޓީމްތަކަކީ ރަޔޯ ވަލެކާނޯ, އެތުލެޓިކް ބިލްބާއޯ, ރެއާލް ބެޓިސް އަދި ވެލެންސިއާއެވެ. ސެމީ ފައިނަލްގެ ޑްރޯ ކުރިއަށްދާނީ މިރޭ ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން، މެޑްރީޑްގައި ރާއްޖެ ގަޑިން 19:10 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން