ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް
އިގިރޭސި އެފްއޭކަޕްގެ ހަތަރުވަަނަ ބުރުގައި ޕެނަލްޓީޖަހައިގެން، މެންޗެސްޓާ ޔުނައިޓެޑް 7-8 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފަސްވަނަ ބުރުން މިޑްލްސްބަރާ ޖާގައެއް ހޯދައިފިއެވެ.

މި މެޗުގައި މޮޅަށްކުޅުނީ ޔުނައިޓެޑުންނެވެ. އަދި ގޯލް ޖަހަން ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބިފައެވެ. އެގޮތުން ރޮނާލްޑޯ، ބްރޫނޯ ފެނޭންޑޭޒް އަދި ރަޝްފޯޑަށް ގޯލް ޖަހަން ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

މެޗުފެށިގެން 20 ވަނަ މިނެޓްގައި ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިއައީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މި ގޯލް ކާމިޔާބުކޮށްދީފައިވަނީ ފެނޭންޑޭޒް ދިން ޕާހަކުން ސަންޗޯ އެވެ. މިއީ ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 3 ވަނަ ގޯލެވެ.

ދެވަނަ ހާފް ފެށިތަނާ 19 މިނެޓް ފަހުން މިޑްލްސްބަރާއިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް ޖަހައިދިނީ ކްރޫކްސެވެ. ގޯލް ޖެހުމުގެ ތެރޭގައި މިޑްލްސްބަރާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބަލައި ވީއޭއާރް ވަނީ ޗެކް ކޮށްފައެވެ. ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ ގޯލެއްކަމަށެވެ.

ފުރިހަމަ ވަގުތު ހަމަވެ 1-1 ގެ ނަތީޖާއެއްގައި އޮތުމުން އިތުރުގަޑި ކުޅެގެން ވެސް އެއްވަރުވެގެން، ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިޑްލްސްބަރާ އިން ވަނީ އެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުން ދެވަނަ ހާފްގައި ބަދަލު ކުޅުން ތެރިއެއްގެގޮތުގައި ކުޅެން އެރި އެންތަނީ އެލަންގާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

ޕެނަލްޓީގައި 7-8 ގެ ނަތީޖާ އަކުން ކުރިހޯދައި، މިޑްލްސްބަރާވަނީ އެފްއޭކަޕް ފަސްވަނަބުރަށް ދަތުރުކޮށްފައެވެ.

އެފްއޭކަޕް ފަސްވަނަބުރުގެ ޑްރޯ އޮންނާނީ އަންނަ އާދިއްތަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން