ފޮޮޓޯ: ގެޓީ އިމޭޖްސް
ފޮޮޓޯ: ގެޓީ އިމޭޖްސް
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި، ލަމްޕާޑްގެ ކޯޗްކަމުގައި އެވަޓަން ކުޅުނު ފުރަތަމަ މެޗުން މޮޅުވެ އެފްއޭ ކަޕްގެ ފަސްވަނަ ބުރުން ޖާގައެއް ހޯދައިފިއެވެ.

މިރޭ އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބްރެންފޯޑް ބަލިކޮށް ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. އެވަޓަންގެ ލަނޑުތައް ކާމިޔާބުކުރީ ޔެރީ މިނާ، ރިކަލިސަން، ހޮލްގޭޓް އަދި ޓައުންސެންޑް އެވެ. ބްރެންފޯޑް ގެ ހަމަ އެކަނި ލަނޑު އެޓީމު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފޯވާޑް އިވަން ޓޯނޭ އެވެ.

މިއީ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި އެވަޓަން 4 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ލީލުގައި އެވަޓަން މިވަގުތު އޮތީ 16 ވަނައިގައެވެ.

ޓީމް ވަރުގަދަކުރުމަށްޓަކައި ކޯޗު ލަމްޕާޑްވަނީ ޑެލެ އަލީއާއި، ވެން ޑެ ބީކް ނިމިދިޔަ ޓްރާންސްފާގައި ޓީމަށް ގެނެސްފައެވެ. އަދި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އޭޝްލީ ކޯލް ވަނީ ލަމްޕާޑްގެ ކޯޗިން ޓީމާއި ގުޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން