އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވި މައްސަލަ ބަލަމުންދާކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ސިއްޙަތާބެހޭ ވުޒާރާއިން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށެވެ. އެހެންނަމަވެސް ސިއްޙަތާބެހޭ ވުޒާރާއަކީ ރާއްޖޭގެ ސިއްޚީ ނިޒާމް ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލް ކުރެވިފައިވާ ފަރާތް ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
އެހެންކަމުން އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެން ބޭފުޅަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް އެވުޒާރާއިން ބަލަމުން ގެންދާކަމަށާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އަޅަން ޖެހޭފިޔަވަޅުތައް އަޅާނެ ކަމަށްވެސް ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގާދިޔަ މި ޙާދިސާގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެންމީހާގެ ގޮހޮރު ބުރިވުމުގެ ސަބަބުން ޙާލުދެރަވެގެން ވަނީ މާލެ ގެނެސްފައެވެ. އަދި އެއަންހެން މީހާއަށް އޭޑީކޭ އައިސީޔޫގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު ހަތަރުވަނަ ދުވަހު މާ ބޮޑަށް ބަނޑުގައި ރިއްސުމުން އެއީ މާބޮޑުކަމެއް ނޫން ކަމަށާއި ގޮހޮރުގައި ބްލޮކެއް އުޅޭތީ ވާކަމެއްކަމަށް އެހޮސްޕިޓަލުން ބުނި ކަމަށް ޢާއިލާގެ ފަރާތުން މީސްމީޑިއާގައި ޢާއްމުކުރި ޕޯސްޓެއްގައި ވެއެވެ.
ނަމަވެސް މާލެ އައިސް އޭޑީކޭގައި ޑޮކްޓަރުން ބެލި ބެލުމުން އަންހެން މީހާގެ ގޮހޮރު ބުރި ނުވެ އިނީ ހަމަ ކިރިޔާ ކަމަށާއި އޭރު އެ އަންހެން މީހާގެ ބަނޑުގައި ދޮހާއި ފެން ހެދި ހާލު ސީރިއަސްވެފައިވާ ކަމަށް ވެސް ޢާއިލާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަހަކަށްއައިސް އިހުމާލުގެ މައްސަލަތައް އިތުރުވެ ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާއިރު އެފަދަ މައްސަލަތަކަށް ޝަރުޢީ ދާއިރާ މެދުވެރިކޮށް ބަދަލު ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެން ބޭފުޅަކަށް ދިމާވި ހިތާމަ ވެރި ހާދިސާ ހިނގާދިޔަގޮތް މިގެންދަނީ މި މިނިސްޓްރީ އިން ބަލަމުންނެވެ. އަދި ކަނޑައެޅިފައިވާ އުސޫލު ތަކުގެ ދަށުން އަޅަން ޖެހޭފިޔަވަޅު ތައް އަޅާނަމެވެ.2/2
— Ministry of Health (@MoHmv) February 5, 2022
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގާދިޔަ މި ޙާދިސާގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެންމީހާގެ ގޮހޮރު ބުރިވުމުގެ ސަބަބުން ޙާލުދެރަވެގެން ވަނީ މާލެ ގެނެސްފައެވެ. އަދި އެއަންހެން މީހާއަށް އޭޑީކޭ އައިސީޔޫގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު ހަތަރުވަނަ ދުވަހު މާ ބޮޑަށް ބަނޑުގައި ރިއްސުމުން އެއީ މާބޮޑުކަމެއް ނޫން ކަމަށާއި ގޮހޮރުގައި ބްލޮކެއް އުޅޭތީ ވާކަމެއްކަމަށް އެހޮސްޕިޓަލުން ބުނި ކަމަށް ޢާއިލާގެ ފަރާތުން މީސްމީޑިއާގައި ޢާއްމުކުރި ޕޯސްޓެއްގައި ވެއެވެ.
ނަމަވެސް މާލެ އައިސް އޭޑީކޭގައި ޑޮކްޓަރުން ބެލި ބެލުމުން އަންހެން މީހާގެ ގޮހޮރު ބުރި ނުވެ އިނީ ހަމަ ކިރިޔާ ކަމަށާއި އޭރު އެ އަންހެން މީހާގެ ބަނޑުގައި ދޮހާއި ފެން ހެދި ހާލު ސީރިއަސްވެފައިވާ ކަމަށް ވެސް ޢާއިލާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަހަކަށްއައިސް އިހުމާލުގެ މައްސަލަތައް އިތުރުވެ ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާއިރު އެފަދަ މައްސަލަތަކަށް ޝަރުޢީ ދާއިރާ މެދުވެރިކޮށް ބަދަލު ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު