އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ކާޑިފް ސިޓީ ބަލިކޮށް, މުބާރާތުގެ ފަސްވަނަ ބުރުން ލިވަޕޫލް ޖާގައެއް ހޯދައިފިއެވެ.
މިއަދު އެންފީލްޑްގައި ކުޅުނު މިމެޗު ލިވަޕޫލް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމަކުން, އެލެކްސެންޑަ އާނޯލްޑް ފޮނުވާލި ބޯޅައަކުން ޑިއޯގޯ ޖޮޓާ އެވެ. މިއީ ރަނގަޅު ފޯމްއެގައި ހުރި ޖޮޓާ, ލިވަޕޫލަށް މި ސީޒަންގައި ކާމިޔާބު ކޮށްދިން 15 ވަނަ ގޯލެވެ. އަދި މިއީ މި ސީޒަންގައި އެލެކްސެންޑަ އާނޯލްޑްގެ އެހީއާއެކު ޖެހި 15 ވަނަ ގޯލެވެ.
ލިވަޕޫލްގެ 2 ވަނަ ގޯލް ޖެހީ ނިމިދިޔަ ޓްރާންސްފާގައި ލިވަޕޫލަށް ބަދަލުވި ލުއިސް ޑިއާޒް ދިން ޕާހަކުން މިނަމީނޯ އެވެ. މިއީ ޑިއާޒް ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލަށް ބަދަލުވިފަހުން ކުޅުނު ފުރަތަމަ މެޗެވެ. ލިވަޕޫލްގެ ފަހު ގޯލް ޖަހައިދިނީ ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ހާވީ އެލިއޮޓް އެވެ. މިއީ ސެޕްޓެމްބަރ 2021 ގައި އިންޖަރީން އެބުރި އައިފަހުން އެލިއޮޓް ކުޅުނު ފުރަތަމަ މެޗެވެ. ކާޑިފްގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގޮތުގައި ކުޅެން އެރި ރުބިން ކޮލްވިލް އެވެ.
ލިވަޕޫލް ފަސްވަނަ ބުރަށް ދަތުރު ކުރިއިރު އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މަނޭއާއި ސަލާހް މިރޭ އެފްރިކާ ކަޕް އޮފް ނޭޝަންސް ފައިނަލުގައި ބައްދަލު ކުރާނެއެވެ. މިރޭގެ ފައިނަލް މެޗްގައި މިސްރު އަދި ސެނަގާލް ކުޅޭނީ ރައްޖެގަޑިން 00:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު