ފޮޮޓޯ: ގެޓީ އިމޭޖްސް
ފޮޮޓޯ: ގެޓީ އިމޭޖްސް
ސްޕެނިޝް ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް, ބާސެލޯނާ ރޭ ކުޅުނު މެޗުން ފަހަތުން އަރާ މޮޅުވެ ލީގުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖެހީ އެތުލެޓިކޯ މެޑްރިޑުންނެވެ. 8 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ ކަރަސްކޯއެވެ. އޭގެ 2 މިނެޓްފަހުން ބާސެލޮނާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް ޖަހައިދިނީ ޑެނިއަލް އަލްވޭސްގެ އެހީތެރިކަމާއެކު ޖޯޑި އަލްބާއެވެ.

މެޗުފެށިގެން މޮޅަށް ކުޅުނު ބާސެލޯނާއިން ވަނީ 21 ވަނަ މިނެޓްގައި ގޯލެއް ޖަހާ ލީޑް ނަގާފައެވެ. މި ގޯލް ޖަހައިދިނީ ނިމިދިޔަ ޓްރާންސްފާގައި ޓީމާގުޅުނު އަޑަމަ ޓްރައުރޭގެ ބޯޅައަކުން ޕަބްލޯ ގަވީއެވެ. ބާސެލޯނާގެ 3 ވަނަ އަދި 4 ވަނަ ގޯލް ޖަހައިދިނީ އަރައުޖޯ އާއި ޑެނިއަލް އަލްވޭސް އެވެ. މިއީ ލަ ލީގާގައި ސެޕްޓެމްބަރ 2013 ގެ ފަހުން އަލްވޭސް ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

އެތުލެޓިކޯ މެޑްރިޑުގެ 2 ވަނަ ގޯލް 58 ވަނަ މިނެޓުގައި ޖަހައިދިނީ ބާސެލޯނާގެ ކުރީގެ ތަރި ސުއަރޭޒް އެވެ. އެތުލެޓިކޯއިން 2 ވަނަ ގޯލްޖެހިތާ 11 މިނެޓްފަހުން, އަލްވޭސް ކަރަސްކޯއަށް ކުރި ފައުލަކުން ރަތް ކާޑު ދައްކައި ވަނީ ދަނޑުން ފޮނުވާލާފައެވެ.

މިވަގުތު ލަ ލީގާގެ ޓޭބަލްގައި 22 މެޗު ކުޅެ 38 ޕޮއިންޓާއެކު ބާސެލޯނާއަށް 4 ވަނަ ލިބޭއިރު 36 ޕޮއިންޓާއެކު އެޓްލެޓިކޯ އަށް ލިބޭނީ 5 ވަނައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން